
ތައާރަފް
ކާއެއްޗެތި ތައްޔާރުކުރުމުގައި
ރަހަހެޔޮވަރުކޮށް މީރުކުރުމަށްޓަކައި ފިޔައަކީވެސް ބޭނުންތެރި އެއްޗެކެވެ.
ގިނައިން ފިޔާބޭނުންކޮށްއުޅެނީ ލޮނުއެއްޗެތި ހަދާއިރުކަމަށްވިޔަސް ފޮނިއެއްޗެތި
ތައްޔާރުކުރުމުގައިވެސް ފިޔާބޭނުންކުރެއެވެ. ބައެއް ރަނގަޅު ކެއްކުންތެރިން އެކިއެއްޗެހި
ތައްޔާރުކުރުމުގައި ބޭނުންކުރާ ފިޔާގެ ވައްތަރުތަށް ތަފާތެވެ. ހާސަކޮށް އިންޑިޔާ،
ސްރީލަންކާފަދަ ގައުމުތަކުގައި ތަފާތު ކާއެއްޗެހިތައްޔާރުކުރާއިރު
ބޭނުންކުރާފިޔާގެ ބާވަތް ތަފާތެވެ. މަޝްހޫރު ދިވެހި ކެއުން ތައްޔާރުކުރާއިރު
ބަތާއެކު ރޮލާކެއުމަށް އެންމެ ކަމުދާ ފިޔައަކައްވަނީ ރަތް ބޮޑުފިޔައެވެ.
އަސާރައެޅުމަށް އެންމެކަމުދަނީ ކުދިފިޔާއެވެ. ހަމައެފަދައިން ސަންބަލް
ހެދުމަށްޓަކައި ކުދިފިޔައަކީ ވަރަށްމުހިންމު އެއްޗެކެވެ.
ފިޔާއިންދުން
ފިޔާ އިންދުމުގެ ކުރިން ބަލިންރައްކާތެރި
ކުރުމަށްޓަކައި އިންދުމަށް ތައްޔާރުކޮއްފައިހުރި ފިޔާތަށް ފަންގިސައިޑް
އެއްކޮއްފައި ހުންނަފެނަށް އެޅުމަށްފަހު 5 މިނެޓްވަންދެން ބަހައްޓާށެވެ. ފިޔާ
އިންދަންވުމުން ފިޔާގެ މަތީކުރިން ތަންކޮޅެއް އުތުވާލާށެވެ. އޭރުން ފަސޭހައިން
ފަޅާނެއެވެ. ބެޑުގައި ފިޔާ އިންދާނީ ދެބަރި ދޭތެރޭ 6 އިންޗި ދެފިޔާ ދޭތެރޭގައި 3
އިންޗި ހުންނަވަރަށެވެ. ފިޔާތަށް އިންދާފައި ބަހައްޓަންޖެހޭނީ އިންދާފާ ހުންނައިރު
ވެލިގަނޑުގެ މަތިން ހަމަކިރިޔާ ފިޔާގެކުރި ފެންނަ ވަރަށެވެ. ފިޔާ ފިޔާ ފައިބާނީ
އިންދާތާ 90 ދުވަހުންނެވެ.
ފިޔާ އިންދުމަށްފަހު ރަނގަޅަށްފެންދީ
ބަލަހައްޓަން ޖެހޭނެއެވް. އިންދުމަށްފަހު ރުކުފަން ނުވަތަ ހިކިހުއި ފަދަ
އެއްޗަކުން ބެޑުތައް މަލްޗް ކޮށްލާށެވެ. ފިޔާ އިންދުމަށް އެންމެ ރަގަޅު
ދުވަސްވަރެއްކަމަށް ފާހަގަ ކުރެވެނީ ފިޔާކޮނުމާ ދިމާވާ ދުވަސްވަރަކީ ވިތްސާރަނޫން
ދުވަސްވަރަކާ ކުރިމަތިކޮށެވެ. ފިޔާތަށް ފަޅައިގެން ހެދެން ފެށުމުން ވާރާވެހިގެންނާ
ފެންދީގެން ބެޑުން ވެލިފައިބާނަމަ ވެލިތަށްނަގާ ބެޑުރަނގަޅުކުރަންޖެހެއެވެ.
ގަސްކާނާދިނުން
ފުރަތަމަ ފިޔާ އިންދުމުގެ ކުރިން ކާދު އަޅައި
އުދަލިން ފަސްގަނޑުޖަހާ އެއްކޮއްލާށެވެ. ބެޑްލެވެލްކޮއް 2 ފޫޓް ފުޅާ 10 ފޫޓް
ދިގުމިނުގައި 400 ގްރާމް ކެމިކަލް ގަސްކާނާ ބެޑުމަށްޗަށް ވިއްސާ ފަސްގަނޑުމަތީ 5
އިންޗި ބޯމިނުގެ ފަށަލާ އެއްކޮއްލާށެވެ. ކާނާއަކަށް ބޭނުންކުރާނީ ޕްޓޭސިއަމް
ގިނައިން އެކުލެވޭ މިކްސް ގަސްކާނާއަކަށެވެ. މީގެފަހުން ކޮންމެ 3 ހަފްތާއަކުން
ކާނާދޭށެވެ. މިގޮތަށް ކާނާދޭނީ 3 ފަހަރުއެވެ. ކޮންމެ ފަހަރަކު ދޭނީ 300 ގްރާމް
ކާނާއެވެ. މިގޮތަށް ކާނާއަޅާއިރު އަޅާނީ ކޮންމެ ދެބަރިއެއް ދޭތެރޭގައި ރޮނގެއް
ދެމުމަށްފަހު 1 އިންޗި ފުންމިނުގައި ހުރިހާ ގަހަކަށް އެއްވަރަކަށް ވާވަރަށެވެ.
ވިނަނޮޅުން
ފިޔާ ބެޑްތަކުން ވިނަނޮޅުމަކީ ވަރައްމުހިންމު
ކަމެކެވެ. މިކަމަށް އެންމެ ރަނގަޅީ އެއްވެސް ކަހަލަ ވިނަމަރާ ބޭހެއް
ބޭނުންނުކުރުމާއި، މަށަންދަތިން ވީޑިންހޯކަހަލަ އެއްޗަކުން ވެސްވިނަނޮޅުމުގެ
ބަދަލުގައި އަތުން ވިނަނޮޅުމަކީ އެންމެ ރަނގަޅުގޮތެވެ. ވިނަ ނޮޅާއިރު ހެދެމުން
އަންނަ ފިޔާތަކުގެ ކައިރިން ވެލިގަނޑު ދޫކޮއްލުމަކީ ބޭނުންތެރިކަމެކެވެ.
ފެންދިނުން
ފިޔާ އިންދުމުގެ ކުރިން ބެޑަށް ފެންޖަހާ
ރަނގަޅަށް ތެންމާލަން ޖެހޭނެއެވެ. އަދި އިންދާނިމުމަށްފަހުވެސް ވަރަށް ރަނގަޅަށް
ފެންޖަހާ ބިންގަނޑު އަޑިއާއެކު ތެންމާލަންޖެހޭނެއެވެ. ފިޔާއިންދާތާ ފުރަތަމަ
ދެހަފްތާގައިކޮންމެ ދުވަހަކު ދެފަހަރު ފެންދޭންޖެހޭނެއެވެ.ނަމަވެސް މިކަން
ބިނާވެފައި އޮންނަނީ މޫސުމުގެ މައްޗަށެވެ. ރަނގަޅަށް ވިއްސާރަ ވެހޭނަމަ
ފެންދޭކަށްނުޖެހޭނެއެވެ. ތިން ހަފްތާވުމުން ދުވާލަކު އެއްފަހަރު ރަނގަޅަށް
ފެންޖަހާށެވެ. އަދި ފިޔާކޮންނަން ދެހަފްތާވުމުން ފެންދިނުން މުޅިން ހުއްޓާލާ
ފިޔާތަށްހިއްކުމަށް ފުރުސަތުދޭށެވެ. ފިޔާކޮންނަވާއިރު ފިޔާ ގަސްތަކުގެފަތްތައް
ހުންނާނީ ދެބައިކުޅަ އެއްބައި ހިކިފައެވެ.
ތްރިޕްސް
ތްރިޕްސް
ބައްޔާއި ފަރުވާ
ތްރިޕްސްއަކީ ފިޔާގެ ފަތްތަކުގައި އަޅާ
ކުދިކުދި ސުއިއްޕެކެވެ. މިއެތި އެޅުމުން ފަތްތައް ހަލާކުވެ ރަނގަޅަށް ނުހެދެވޭގޮތް
ދިމާވެއެވެ. މިހެންދިމާވެއްޖެނަމަ ޑައިމަތޮއޭޓް ކަހަލަ އިންސެކްޓިސައިޑަކުން
ސްޕްރޭކުރާށެވެ.
ފިޔާކޮންނާނީ ފިޔާ ފަތްތައް މަރުވާން ފެށުމުންނެވެ.
މިހެންވާނީ ފިޔާ އިންދާތާ 0 9-0 8 ދުވަހުންނެވެ.
ފިޔާގަހުގެ ބުޑުގައި ހިފާފާ މައްޗަށް
ދަމާލުމުން އެއްވެސް އުނދަގުލެއްނެތި ފިޔާ އުފުރާލެވޭނެއެވެ. އެއައްފަހު
ދުވަސްކޮޅަކުން ހިޔަލުގައި ބަހައްޓައިގެން ހިއްކާލާށެވެ. ދެންފިޔާގެ
މަރުވެފައިހުރި ތޮށިތަށް ނޮޅާލާ ސާފްކޮށްލާށެވެ. އަދި މޫތަށްވެސް ކޮށާލާށެވެ.
ހަމައެއާއެކު ފަތްތައްވެސް އެއްއިންޗި ބެހެއްޓުމަށްފަހު ބުރިކޮއްލާށެވެ. ދެން
ވިއްކުމަށްޓަކައި ފޮނުވަންދެން ދާގަނޑުކަހަލަ ގޯންޏަކަށްއަޅާ ރަނގަޅަށް ވައިހިނގާ
ތަނެއްގައި އެލުވާ ރައްކާކުރާށެވެ. މީގެތެރެއިން ދެވަނަ ފަހަރަށް އިންދުމަށްޓަކއި
ރަނގަޅު މުޑުވައްނަގާށެވެ. އިންދުމަށްޓަކައި ނަގާނީ މީގެ ތެރެއިން ތިންސައިޒް
ވަކިކޮއްލުމަށްފަހު މެދުސައިޒްގެ ފިޔައެވެ. މުޑުވަކަށް ނެގި ފިޔާތަށްވެސް ދާގަނޑު
ގޯންޏަށް އެޅުމަށްފަހު ވައިހިނގާ ފުރާޅެއް ދަށުގައި އެލުވާފައި ބަހައްޓާނީއެވެ.
އިންދާނީ 10-8 ހަފްތާ ފަހުންނެވެ.
Note: HTML is not translated!