
މިއީ ޑރ.ހަސަން ހަމީދު އޭނާގެ
ޕޭޖްގައި ލިޔުއްވާފައިވާ އަރޓިކަލެއްގެ ނަކަލެކެވެ. އަސްލު އަރޓިކަލް
ބައްލަވާލެއްވުމަށް http://www.hassanhameed.com/?page_id=1623 ލިންކަށް
ފިއްތަވާލައްވާ
މާލެއާއިރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުޅިބޯކިބަލުގެ ޙަޤީޤީ އަސްލު ރަހަ، މީހުންގެހަނދާނުން ކެހިގެން ހިނގައްޖެއެވެ. މާލޭގެ ހޮޓާތަކާއި ކެފޭ ތަކުގައި މިހާރުގިނައިން ހެދިކާ ހަދަން ތިބެނީ ބިދޭސީންނެވެ. މި މީހުން އެމީހުންނަށް ފެންނަގޮތަކަށް ބޯކިބާ ހަދަތެވެ. ދެން ކުރީގެ ރަހަތައް ނުދަންނަ މީހުންނަށް މި އައުބޯކިބާގެ ރަހަ މީރު ވެގެން އުޅެއެވެ. ޙަޤީޤީ ބޯކިބަލުގެ ރެސިޕީ ގެއްލޭންކާރިވެއްޖެއެވެ. ކުރީ ޒަމާނުގައި މައިން އެމީހުންގެ އަންހެން ދަރިންނަށް ރަނގަޅަށްކައްކަން ދަސްކޮށްދެއެވެ. މިޒަމާނުގައި ބައެއް ”ރަނގަޅު“ މައިން، އެކުދިންގެ”ކިޔެވުމަށް އުނދަގޫ ވެދާނެތީ“ އެކުދިން ބަދިގެޔާ ދުރުކޮށްގެން ގެންގުޅެއެވެ. މިފަދަކުދިން ޙަޤީޤަތުގައި ކިޔެވުމަށްވަނީ ދަށެވެ. މިހެން ބުންޏަސް، ކޮންމެ އަންހެނެއް ވެސް ޙަޤީޤީ ކުޅިބޯކިބާ އަޅަން އެނގޭ ކަމަށް ދަޢުވާ ކުރާ ފަދައެވެ.
މި މަޒުމޫނުގައި އަހުރެން ހުށަހަޅާނީ،އަވަށްޓެރި މަޝްހޫރު ކެއްކުންތެރިއެއްގެ އިރުޝާދާއެކު، ކުޅި ބޯކިބަލުގެ ޙަޤީޤީރެސިޕީ ހޯދުމަށްޓަކައި ކުރި މަސައްކަތެއްގެ ނަތީޖާ އެވެ. މި އިޝާރާތް ކުރެވުނުއަވަށްޓެރިއަކީ އޭނާގެ ހަވާދުތަކާއި އަސާރަތަކާއި ހެދިކާތަކުގެ ރަހަތަކާއި ވަސް،މާލޭގެ ޖައްވުގައި ހުރަހަށާއި ދިގަށް ފެތުރިފައިވާ މީހެކެވެ. ނަމަކީ ހުދާއެވެ.އެނާގެ ރެސިޕީ އަށް ދިއުމުގެ ކުރިން، ތަޢާރުފުގެ ގޮތުން ގުޅުން ހުރި ބައެއްކަންކަން ނޯޓު ކޮށްލާނަމެވެ.
އެންމެ ފުރަތަމަ، ރެސިޕީއަކީ ކޮބައި ހެއްޔެވެ؟ ”ރެސިޕީ“ މި ލަފުޒުގެ ޙަޤީޤީ މާނައަކީ ކެއުމާއި ބުޔުމެވެ.އެއީ މީގެ 500 ވަރަކަށް އަހަރު ކުރިން، ބައްޔަކަށް ބޭސް ބޭނުންކުރާނޭ ގޮތްބުނުމަށް ޑޮކްޓަރުން ބޭނުންކުރި ލެޓިން ލަފުޒެކެވެ. ލަފުޒުން މާނަކުރަނީ”އަންނަނިވި ބޭސްތައް ކާށެވެ ނުވަތަ ބޯށެވެ“. ބައެއް ޑޮކްޓަރުން މިހާރުވެސް ލިޔެދޭބޭސް ސިޓީގެ މަތީގައި ℞ މި ނިޝާން ޖަހާފައި އެހުންނަނީ ރެސިޕީއަށް އިޝާރާތް ކޮށެވެ. ޚުލާޞާ ކުރާނަމަ، ރެސިޕީގެ މާނައަކީ ކާށެވެ/ބޯށެވެ. ލަފުޒުގެނިޝާނަކީ ℞ އެވެ. ނަމަވެސް، މީގެ250 އަހަރު ކުރިން މި ލަފުޒު ”ކާތަކެތި ހަދާނެ ގޮތުގެ އިރުޝާދު“ މި މާނައިގައިވެސް ބޭނުންކުރަން ފަށައިފިއެވެ.
ދެން ”ބޯކިބާ“ މި ލަފުޒާ މެދު ވިސްނާލަމާހެއްޔެވެ! ދިވެހިރާއްޖޭގައި ކާތަކެތި ތައްޔާރު ކުރާނޭ ގޮތާ ބެހޭ ގޮތުން،ލިޔެފައިވާ ކަމަށް އަދި ފެނިފައިވާ އެންމެ އިހުގެ ފޮތަކީ މުޙައްމަދު އަމީންޝާއިޢުކުރެއްވި ”ކަރުނައާއި ނުލައި ކެއްކުން“ މިފޮތެވެ. އެއީ އޭރުގެ މަދަރުސާކުދިންނަށް ކިޔަވާދިނުމަށް އޭނާ އެކުލަވާލެއްވި ފޮތެކެވެ. މިފޮތުގެ ދެވަނަ ބައި،އެމަނިކުފާނު ޚާއްޞަކުރައްވާފައިވަނީ ހެދިކާ އެއްޗެތި ތައްޔާރު ކުރާނޭ ގޮތަށެވެ.ފޮތް ޝާއިޢު ކުރައްވާފައި ވަނީ 15 ފެބްރުއަރީ 1950 ގައެވެ. އެ ފޮތުގައި ބޯކިބާ ކަމަށްސިފަކުރައްވާފައިވަނީ މިހާރުގެ ގޮތުން ނަމަ، ފޮނި ބޯކިބަލަށެވެ. މިކަމާ ދޭތެރޭވިސްނާލަ ބަލާށެވެ.! ބޯކިބަލުގެ މާނަވަނީ ވޭތިވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައިބަދަލުވެފައެވެ. އޭރު ބޯކިބާއިން މާނަކުރަނީ ހަމައެކަނި ފޮނި ރަހަ ދޭ ބޯކިބަލަށެވެ. މިހާރުބޯކިބަލުގެ ޢާއްމު ދެ ބާވަތެއް ހުރެއެވެ. ފޮނިބޯކިބަލާއި ކުޅި ބޯކިބަލެވެ. އަދިއެހެންވެސް ބާވަތް ބާވަތުގެ ބޯކިބަލެވެ. ބޯކިބަލުން އެ ފޮނިވާނެ ކަމަކަށްއަހުރެމެންގެ ޒަމާނުގައި އިޝާރާތެއް ނުކުރެއެވެ. ބޯކިބަލުގެ މިހާރުގެ މާނައަކީފުށް ފިހެގެން ހަދާ ބޯކޮށް ހުންނަ ކާ އެއްޗެކެވެ. މި ބަދަލަށް ނިސްބަތްކޮށްއަހުރެމެންނަށް ކޭކަށް ވެސް ދިވެހި ލަފުޒެއް ހެދިދާނެއެވެ. ”ލުއި ބޯކިބާ“ ކިހިނެތްވާނެ ހެއްޔެވެ؟ އެހެނީ ”ކޭކު“ މި ލަފުޒުގެ އިހުގެ މާނައަކީ ވަށްކޮށް ހުންނަޕާނެވެ. ނަމަވެސް ކޭކު މި ލަފުޒުގެ ކުރުކަމުން އައު ލަފުޒެއް ދެން ”ވައިގައިހިފާނެ ހެނެއް“ ހިޔެއް ނުވެއެވެ.
ކުޅިބޯކިބަލާ އެންމެ ގާތް އެއްޗެއްގެ ގޮތުގައި، އަމީންގެ ފޮތުން އަހުރެންނަށް ފާހަގަކުރެވުނީ މަސް ފަތަފޮޅި އެވެ. މި ހަދާނެ ގޮތް ވަނީ އެ ފޮތުގެ 22 ވަނަ ޞަފުޙާގައެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި، މި ނަކަލު ކޮށްލަނީ އެ ފޮތުގައި ބަޔާންކޮށްފައިވާ ރެސިޕީ އެވެ. ރެސިޕީގެ އަޞްލު މިންތައް ހުރީ ”ގައު“، ”ލާހި“ މިފަދަކުރީގެ ވަޒަން ތަކުންނެވެ. އަހުރެން މިވަނީ، އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކުނެރުއްވި ”ވަނަވަރު“ މި މަޖައްލާގައި އެ ވަޒަންތަކުގެ މިންވަރު ބަޔާންކޮށްފައިވާގޮތަށް ބަލައި، މިހާރުގެ ވަޒަންތަކަށް ބަދަލުކޮށްފަ އެވެ.
މުޙައްމަދު އަމީން ގެމަސްފަތަ ފޮޅީގެ ރެސިޕީ
ބޭނުންވާ ތަކެތި:
”ހަނޑޫލާހި 1، މެދުމިނު މަސްގަނޑު 2، ކާށި ½1، ފިޔާ، އިގުރު، މިރުސް، ރަނގަޅަށް ރަހަދޭވަރަށް······ އެވަރަކީ ކޮބައިތޯއެވެ؟······ ފިޔާ ގައު ½، ރޯމިރުސް 10، ކުޑަކުޑަ އިނގުރުކޮޅެއް،(މިހާ ވަރަށް ލައްވައިގެން ފުށްގަނޑު މޮޑުއްވާ ބައްލަވާށެވެ. ރަހަތައް ރަނގަޅުނޫންނަމަ، އުނިއިތުރި ކޮށްލައްވައިފާނު ދޮގެއްތޯއެވެ؟)
ހަދާނެގޮތް– އެންމެ ފުރަތަމައިންކާއްޓެއްގެ ހުނި ލައްވައިގެން ހަނޑޫކޮޅު ފުޑުއްވަވާލައްވާށެވެ. މަސްކޮޅުލިއުއްވާށެވެ. ފިޔާ، އިނގިރު، މިރުސް ކޮއްޓަވާށެވެ······ ރަހަ ދޭވަރަށް ހުތްއަޅުއްވައިގެން، ލޮނު ހެޔޮވަރު ކުރައްވަމުން، މަހާއި ފިޔައާއި، އިނގުރާއި މިރުސްއެއްކޮށް ރަނގަޅަށް މޮޑުއްވަވާށެވެ······ މޮޑުއްވެވި މަހާއި، ކާށި ކިބައެއްގެހުންޏާއި، ފުޑުއްވެވި ފުށާއި، އެއްކޮށް އަނެއްކައި ރަނގަޅަށް މޮޑުއްވަވާށެވެ······ބޮޑުމިން ހެޔޮވާވަރަށް ބޯކޮށް ފަތުގައި ޖައްސަވައިގެން، ތަވަޔަކަށް އަޅުއްވައިގެންމަތިން އަންދަވަމުން، ފިއްސަވާށެވެ.“
މި ލިޔެލެވުނީ ކުޅި ބޯކިބަލާ ވަރަށްވައްތަރު މަސް ފަތަފޮޅީގެ ރެސިޕީއެވެ. ފާހަގަ ކުރެވުނީ ކޮން ކަންތައްތަކެއްހެއްޔެވެ؟ އެންމެ ފުރަތަމަ، ރެސިޕީގައި ހިކަނދިފަތެއް ނުވެއެވެ. ހިކި މިރުހެއް،ރީނދުލެއް ނުހިމެނެއެވެ. މިއީ މާލޭގައި މިހާރު އަޅާ ބޯކިބަލުގައި ޢާއްމުކޮށްހުންނަ ތަކެއްޗެވެ. ހަނޑުލާއި މަހުގެ މިނަށް ފިކުރު ހިންގާލަ ބަލާށެވެ. 1 ލާހިހަނޑުލަށް 1 ކިބަ (ދެ ގަނޑު) މަސްލައެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ހަނޑުލާއިމަހުގެ މިން ގާތްގަޑަކަށް އެއްވަރެވެ. އެއް ކިބަ މަސް ރަނގަޅަށް ފުޑުވައިލާއްސަކަށް އަޅައިފިނަމަ، މަދުވެގެން ހެޔޮވަރުގެ 1 ކިބަ މަހުގައި 1 ލާހިހުންނާނެއެވެ.
ކާއެއްޗެތި ބަރުދަން ބަލައިގެން ހެދުން މާރަނގަޅުވާނެއެވެ. އެއީ ބައެއް އެއްޗެހި ހުންނަ ގޮތުން، ލާއްސަކުން މިނާނަމަ، އެކިފަހަރު، އެކި ބަރުދަން އޭގައި ހުރެދާނެއެވެ. ތިރީގައި އެވަނީ ތަންކޮޅެއް ފަސޭހަގޮތަކަށް ކުރީގައި ބަޔާން ކުރެވުނު ރެސިޕީ ބަރުދަނުން ބަޔާން ކޮށްފައެވެ.
ދެން އަހުރެން ބަޔާންކުރާނީ ހުދާގެ ރެސިޕީއެވެ.
ހުދާގެ ކުޅި ބޯކިބާރެސިޕީ
ހުދާގެ ތަޢާރުފެއް ކުރިން ވާނީހުށަހަޅާފައެވެ. އޭނާ ކިޔައިދިން ގޮތަށް، ހަލުވާ ހަދާނޭ ގޮތް، ”ދަރުމަ“މަޖައްލާގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން ޝާއިޢުކުރެވިފައި ވެއެވެ. އޭނާއަށްއަހުރެން ބުނީމެވެ. މާލޭގައި ހޮޓާތަކަށް ގޮސް އުޅޭ މީހުން، ކުޅި ބޯކިބާ މީރުކަމަށް މިދުވަސްވަރު ނަންކުރާ ދެތަނެއް ވެއެވެ. އެއްތަނަކީ ގޮދަން ފުށުން ފިހެގެންވަރަށް ގިނަ ބާވަތްތަކުގެ ކުޅި އަދި ފޮނި ކާތަކެތި ވިއްކާ ފިހާރައެކެވެ. އަނެއްތަނަކީ، ދެ ހޮޓަލެއް ހިންގާ ބައެކެވެ. ދެން، އަހުރެން މި ދެ ފިހާރައިން ބޯކިބާގެނެސް އޭނާއަށް ދީފީމެވެ. އޭނާ ބުނަނީ އޭނާ ހަދާގޮތް ވެސް ބަލާލަމާހިނގާށެވެ.
ބޭނުންވާ ތަކެތި:
ހަދާނެގޮތް
ބޯކިބާ އަޅަން ޖެހޭ ދުވަހުގެ ކުރީ ރޭ، ހަނޑޫފެނު އަޅާނީއެވެ. ދެން އަނެއް ދުވަހު 10 ޖަހާލާއިރު، ހަނޑޫތައް ރީތިކޮށްދޮވެލާނީއެވެ. ދެން ދެކާށީގެ ހުނި ގާނާ އޭގެ ކިރު، ޖޯޑެއްގެ ތިންބައިކުޅަ އެއްބައިހުންނަވަރުގެ ތައްޓަކަށް އަަޅައި ބަހައްޓާނީއެވެ. މަސްގަނޑާއި ފުށްގަނޑަށް ވެސް(ފެން ނުލައި) ކިރު ފެލާލާފައި އަޅާލަންވާނެއެވެ. ދެންއެއް ކާށީގެ ހުނި އަޅައިގެންހަނޑޫތައް ދައިމަތީގައި ނުވަތަ މިކްސަރަކުން ހިމުން ކުރާނީ ވަކިވަކި ފުއްތައްފާހަގަ ނުކުރެވޭ ވަރަށެވެ. ނަމަވެސް އެންމެ ހިމުންކޮށެއް ނޫނެވެ. ދެން މަސްތައްސާފުކުރާނީއެވެ. މަސްތައް ސާފުކުރާނީ ހަމާއިކައްޓާއި ވަޅޯ ދިލަ ޖެހިފައިވާ ހިސާބުނުހުންނަ ގޮތަށެވެ. ދެން މަސްތައް ވަރަށް ތުނިކޮށް ކޮށާލާނީއެވެ. މިހާ ހިސާބަށްކަންތައްތައް ކުރެވުނު އިރު، ފިޔަޔާއި އިނގުރާއި މިރުހާއި ހިކަނދިފަތް ހުންނަންވާނީ ހިމުންކޮށް ކޮށާފައެވެ. ދެން ލޮނާއި ރީނދުލާއި ހުތް އަޅައިގެން ވަރަށްރަނގަޅަށް ފިޔާގަނޑާއި އިގުރާއި މިރުހާއި ހިކަނދިފަތް މޮޑޭނީއެވެ. ހުނިގަނޑުއެއްކޮށްލުމަށްފަހު އަނެއްކާ މޮޑޭނީއެވެ. ދެން މަސްތައް އަޅައިގެން މޮޑެ އެއްވީމާ،ދެން އެވީ އޭގެ ތެރެއަށް ފުއްގަނޑު އަޅާށެވެ. ރަނގަޅަށް މޮޑުމަށްޓަކައި، ގާތްގަޑަކަށްދޮޅު ޖޯޑުހާ ފެން އަޅަން ޖެހިދާނެއެވެ. ދެން ލޮނު އަޅައިގެން ރަނގަޅަށްމޮޑޭނީއެވެ. ދެން މިއަށް ފަހު ބޯކިބާ ފިހާ އެއްޗަކަށް އަޅައި އޭގެ މައްޗަށް ކުރިންވަކިން ނަގާފާއި ހުރި ކިރުކޮޅު އަޅާނީއެވެ. މިހެން ހެދުމުން ފިހެނިމުނީމާ ބޯކިބާގެމަތި އޮންނާނީ އޮމާންކޮށް މަޑުންނެވެ. ދެން ފިހާނީއެވެ. މި ވަރުގެ ބޯކިބަލެއްގެއެއް ފުށް 45 މިނެއްޓާ ގާތްކުރާ އިރަކުން ފިހެވޭނެއެވެ.
ދެލާހީގެ ހަނޑުލުން ހެދެނީ ވަރަށް ބޮޑުބޯކިބަލެކެވެ. އެހެންކަމުން، ތިރީގައި އެވަނީ ކުޑަ އާއިލާއަކަށް ފުދޭވަރެއްގެބޯކިބަލެއް ހަދަން ބޭނުންވާ ވަޒަންތަކެވެ. ބަރުދަނުންނެވެ.
ތަޖުރިބާ ކުރުން
މި ދެ ރެސިޕީ ތަޖުރިބާ ކުރުމުގެ ގޮތުން،ރައްޓެއްސަކު ލައްވާ ދެ ރެސިޕީ އަށް ދެ ބޯކިބާ އަޅުވައިފީމެވެ. މި ދެ ވައްތަރުންބޯކިބާ ބުރިއެއް ދިހަވަރަކަށް މީހުންނަށް ދީ، ކޮން އެއްޗެއްތޯ މީރީ ސުވާލުކުރީމެވެ.ކަންވީ ވާންވީ ގޮތަށެވެ. ބައެއް މީހުންނަށް މީރުވީ މަސްފަތަފޮޅީގެ ރެސިޕީއެވެ.އަނެއް ބައި މީހުންނަށް މީރުވީ ހުދާގެ ރެސިޕީއެވެ. ދެން ކުރެވުނު ސުވާލަކީ، މި ދެވައްތަރާ ކުރިންބަޔާންކުރި މަޝްހޫރު ދެ ފިހާރައަކުން ގަންނަ ބޯކިބާގެ ރަހަ، އަޅާ ކިޔެނީ ކިހިނެއްހެއްޔެވެ؟ މި ސުވާލަށް އެމީހުން ދިން ޖަވާބު، އަހުރެންނަށް ހީވަނީ ތިބާގެ ތަޖުރިބާއަށް ފަހު ފާޅުވާނެ ހެންނެވެ.
ވަޅޯ މަހާއި ބޯކިބާ
ހުދާ ބުނާގޮތުން، މާލޭގައި ވިއްކަން ހުންނަބައެއް ވަޅޯ މަހަކީ ރަނގަޅަށް ރޯ ފިލާފައި ހުންނަ މަހެއް ނޫނެވެ. ޚާއްޞަކޮށްފެކްޓަރީތަކުން ކައްކާފައި ހުންނަ މަސް ގިނަ ވަގުތު ކައްކާފައެއް ނުހުރެއެވެ.ރަނގަޅަށް ކައްކާފައި ހުރިނަމަ، މަސްގަޑު ބުރިކޮށްލުމުން މެދުގައި އެއްވެސްރަތްކަމެއް ނުހުންނާނެ އެވެ. ހުންނާނީ ހުދުކޮށްނެވެ. ރަނގަޅަށް ނުކެކޭ މަސްބުރިކޮށްލުމުން މެދު ރަތްވެފައި މަޑުވާނެއެވެ. އަދި މެދުތެރެ ފުޑުވިގެންކުޑިވެގެން ދާނެއެވެ. ރަނގަޅު ފޫނުޖަހާ ވަޅޯ މަހަކީ ބޯކިބާގެ އެންމެ މުހިއްމުއެކައްޗެވެ. މާ ހަރުނަމަ، ފެނަށް ލިޔެފައި އަޅައި މަސްތައް މަޑުކުރަން ވާނެއެވެ.މަސްގަނޑުތަކުން ހަމާއި ކައްޓާއި މާ ހަރުބައިތައް ވަކިކޮށް ރީތިކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މަސް ލިޔަންވާނީ ވަރަށް ތުނިކޮށެވެ.
ބޯކިބާގެ ޙަޤީޤީ ރަހަނިކުންނާނީ ހަމައެކަނި ވަޅޯ މަސް ބޭނުންކުރުމުންނެވެ. އެއީ ދުމުގައި ހުންނަ ތެލެއްމަހުގައި ޖެހިގެން ނުކުންނަ ރަހައެކެވެ. އެހެންކަމުން ޙަޤީޤީ ބޯކިބާ ރަހަލާބޯކިބަލެއް ”ފެލިވަރު“ މަސްދަޅުގައި ހުންނަ މަހަކުން ނޭޅޭނެއެވެ. ކަންދިމާވާގޮތުންމާލޭގައި ދަރު އުނދުނެއް ނުހުންނާތީ، ވަޅޯ މަސް ގަންނަން ލިބުމުގައި ދަތިތަކެއްވާނަމަ، ތަނޫރަކުން (އަވަނުން) ވަޅޯ މަސް ހެދިދާނެއެވެ. މިކަމަށް ހަދަން ޖެހޭނެގޮތަކީ، މަސްދަޅުގެ މަސް، ތަބަކެއްގައި (ޓްރޭއެއްގައި) ބަހައްޓައި ވަޅޯކުރާނީއެވެ. ވަޅޯ މަހުގެ ރަހަ ގެނައުމަށް ދުންފޮށްޓެއް ނުވަތަ ”ސްމޯކް ބޮކްސް“އެއް ތަނޫރުގެ ތެރޭގައި ބަހައްޓަން ޖެހޭނެއެވެ. ދުންފޮށްޓަކީ، ކުދިކުދި ލަކުޑިކޮޅު ނުވަތަ ދާލިކޮޅު އެޅޭ ގޮތަށް ހަދާފައި ހުންނަ ދަގަނޑު ފޮށްޓެކެވެ. މިފޮށީގައިމަތިގަނޑުގައި ދުން ނުކުންނަން ލޯވަޅުތަކެއް ހުރެއެވެ. ހޫނުވާން ފެށުމުން ދާލިތައްއަނދައި ނުކުންނަ ދުން މަހުގައި ހިފައި ރަނގަޅަށް ވަޅޯވާނެއެވެ.
ދުން ފޮށްޓެއް ނެތްނަމަ،ހުސް ދަޅެއް ނުވަތަ އެލުމިނިއަމް ފޮއިލް ވެސް ރަނގަޅުވާނެއެވެ. އެކި ބާވަތުގެލަކުޑިން މިގޮތަށް ދުން އެރުވުމުން ވަޅޯވާ މަހުގައި ލާނީ އެކި ރަހައެވެ. އެންމެމީރު ރަހަލަނީ ކޮންބާވަތެއްގެ ލަކުޑިންތޯ ތަޖުރިބާ ކުރުމުން އެނގޭނެއެވެ. ބައެއް މީހުން، ދާލި،ގިނަ އިރުވަންދެން ފެނަށް ލާފައި އެލުމިނިއަމް ފޮއިލް އަށް ލައެވެ. މިހެންހެނދުމުން، ރޯ ނުވެ ދުން އަރައެވެ.
ރީނދުލާއި ހިކިމިރުހާއި ހިކަނދި ފަތާއި ބޯކިބާ
ރާއްޖެތެރޭގެ ބައެއް ރަށްރަށުން ކެވިފައިވާ
ބޯކިބަލުގައި ރީނދޫ ލާފައެއް ނުހުރެއެވެ. އަހުރެން ހަނދާންވާ ގޮތުން، އައްޑޫ
ކެއްކުންތެރިންވެސް ބޯކިބަލަކަށް ރީނދުލެއް ނުލައެވެ. އަދި މުޙައްމަދު އަމީންގެ
މަސްފަތަފޮޅީގެ ރެސިޕީގައި ރީނދޫ ހިމަނާފައެއް ނުވެއެވެ. ހުދާ ބުނަނީ ބޯކިބާ
މީރުވާނީ ރީނދޫ ލުމުން ކަމަށެވެ. މި ތަފާތުން ވަކި ގޮތެއް ނިންމަން އަހުރެން ދޫކޮށްލާނީ
ކިޔުންތެރިންނަށެވެ. ގިނަ ދުވަސްވެފައިވާ ރީނދޫ ނަމަ، ނުބައި ރަހައެއްލާފާނެތީ
ވީހާވެސް ތާޒާ ރީނދޫ ބޭނުންކުރުން ރަނގަޅުވާނެ އެވެ.
ހުދާ ބުނާގޮތުން، ވަރަށް ގިނަ ކެއުމުގެ
ބާވަތް ތަކަށް ހިކި މިރުސްލުމުން އޭގައިލާ ރަހަ މީރުވާނެއެވެ. އޭނާ ހިކި މިރުސް
ލަނީ އެހެން ވެގެން ކަމަށް ބުންޏެވެ. ނަމަވެސް އެއީ ޙަޤީޤީ ރެސިޕީގައި ހިމެނޭ ގޮތް
ކަމެއް ޔަޤީން އެއް ނޫނެވެ. މުޙައްމަދު އަމީންގެ ރެސިޕީގައި ހިކަދި
ފަތެއް ނެތެވެ. ކުރިން ބަޔާން ކުރި މާ ނަން މަޝްހޫރު ބޯކިބަލެއް ގަނެގެން
ބެލިއިރު، އެއަށް ހިކަނދިފަތް ކޮށާ އަޅާފައި ހުއްޓެވެ. ހިކަނދިފަތް ބޯކިބަލަށް
އަޅަން ޖެހޭނެކަމަށް ހުދާ ވެސް ފާހަގަ ކުރެއެވެ.
ބޯކިބާ
ފިހުން
ކަރަންޓު އުދުނަކުން ބޯކިބާ ފިހެފިނަމަ، އޭގައިލާ ރަހަ، ދަރު އުނދުނަކުން ފިހުމާ ތަފާތު ވާނެއެވެ. އެއީ އަހުރެން ކުރިން ފާހަގަކުރިހެން ދުމުގައި ހުންނަ ތެލާ ހެދިއެވެ. އެހެންކަމުން، ކަރަންޓު އުދުނެއް ބޭނުން ކުރާނަމަ، ރަނގަޅުވާނީ، އުނދުނުގެ ތެރެއަށް ”ދުން ފޮށްޓެއް“
Note: HTML is not translated!